ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަކާއި ފިނިކުރި އިތުރު ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑު އީދާ ދިމާކޮށް ފެށި ޕްރޮމޯޝަން އަންނަ މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ކުކުޅު ފިހާރައިގެ ޑިރެކްޓާ ސޭލްސް އެންޑް މާކެޓިން، ނަޝާތު ވިދާޅުވީ، އީދާ ދިމާކޮށް ހުޅުވާލާފައިވާ މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ ޕްރޮމޯޝަނަށް ވިޔަފާރިތަކުން ލިބޭ ތަރުހީބު އިތުރުވަމުން އަންނާތީ ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެއެވެ. އަދި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ، ކުކުޅު ރީޓެއިލްކޮށް ވިއްކާ ފިހާރަތަކަށް މިއަދު އެންމެ ރަނގަޅު ޗޮއިސްއަކީ ކުކުޅު ފިހާރަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަގުތަކުގައި ފިހާރައަށް ނުވަތަ ބޯޓާ ހަމައަށް ހިލޭ ގެންގޮސްދޭނެ އިތުރު ފަރާތެއް މިވަގުތު ނެތް. ފިނިކުރި ހުރިހާ ބާވަތެއްގެ ސާމާނު އަޅުގަނޑުމެން އަތުން ލިބެން ހުންނާނެ،" ނަޝާތު ވިދާޅުވިއެވެ.
ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަށްވެސް 10 ކޭސް ކުކުޅު ގަނެފިނަމަ އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.
"ވިޔަފާރިވެރިޔަކަށް ވާކަށް ކޮންމެހެނެއް ނުޖެހޭ. ގޭބިސީތަކަށް ހާއްސަކޮށް ވެސް އަޅުގަނޑުމެން މި ދޫކޮށްލަނީ އެއް ކޭސް ކޮށި ކުކުޅު ހިލޭ. މިސާލަކަށް އާއިލާގެ މެންބަރުން ނޫނީ ރައްޓެހިން އެއްވެގެން 10 ކޭސް ކޮށި ކުކުޅު ނެގިޔަސް މައްސަލައެއްނެތް." ނަޝާތު ވިދާޅުވިއެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އއ. ތޮއްޑޫގައިވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. ކުކުޅު ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި