މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިފައި ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅަކާ ހަވާލާދީ ރާއްޖެއެމްވީ ނޫހުގައި އިއްޔެ ޖެހި ހަބަރެއްގައި ބުނެފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ބޮޑު ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި އެ އުއްތަމަ ފަނޑިޔާރަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވާ ކަމަށް އެ ހަބަރުގައި ރިޕޯޓްކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ކަމުން ވަކިކުރެއްވި ޑރ. ދީދީ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ދީދީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވީ ޖޫން 28، 2019 އިން ޖޫން 18، 2019 އަށެވެ. ރާއްޖެއެމްވީގެ ހަބަރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއްގެ ނަމެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ޑރ. ދީދީ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުގައި 15 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނިމިދިޔަ މަޖިލީހުގެ 12 މެންބަރެއްގެ ގާނޫނީ ވާޖިބު އަދާ ނުކުރެވޭ ގޮތަށް އަމަލު ކުރި މައްސަލަ އާއި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު