މެޗްގައި ހިންގާ ކަންކަމުގެ ހިތްހަމަނުޖެހުން ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހިސާބުން ނިންމާލަން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ދަސް ކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލް އަށް ލީގު ތަށި ހަވާލު ކުރި ރޭ، ޗެލްސީ އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގައި ދެޓީމުން ވެސް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ މެޗްގައި ދެޓީމުގެ ބެންޗުން ހިތްހަމަ ނުޖެހި ބަހުގެ ހަމަލާތައް ބަދަލު ކުރި މަންޒަރު ވަނީ މެޗުތެރެއިން ފެނިގެން ގޮސްފައެވެ.
މެޗް ނިމުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްފާޑް ބުނީ ލިވަޕޫލްގެ ކޯޗުންނާއި ސްޓާފުންގެ އަމަލުތަކުން ހުރަސް ކުރަން ނުޖެހޭ ރޮނގު ހުރަސް ކޮށްފައިވާކަން ހާމަކޮށްދޭ ކަމަށެވެ. ނަމަވެސް ކްލޮޕް ބުނެފައިވަނީ އޭނާގެ ބެންޗުގައި ތިބި މީހުންނަކީ ކަންކަން ނޭނގޭ ބައެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.
ނަމަވެސް ލަމްޕާޑް ފަހުން ވަނީ އޭނާގެ ވާހަކަތަކަށް މައާފަށް އެދިފައެވެ. ކްލޮޕް ބުނީ ލަމްޕާޑް ހުރީ ވަރަށް ވާދަވެރި މޫޑެއްގައި ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އިހްތިރާމް ކުރާ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި މެޗުގެ ތެރޭގައި ހިނގާ ހިތްހަމަނުޖެހޭ ކަންކަން ރެފްރީގެ އެންމެ ފަހު ކަށިގަނޑުގެ އަޑާ އެކު ނިންމައިލަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެކަން ލަމްޕާޑު ދަސްކުރަން ޖެހޭ ކަމަށެވެ.
ލަމްޕާޑް ބުނީ މެޗުގައި ހިނގައިދިޔަ ކަންކަމުގެ ވީޑިއޯ އޭނާ ބަލައިފައިވާ ކަމަށާއި އޭނާގެ ބަސްމަގު ގެންގުޅެވުނު ގޮތާމެދު ހިތާމަ ކުރާ ކަމަށެވެ. އޭނާ ބުނީ އެވީޑިއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ޕްލޭ ކުރަމުން ދާނެ ކަމަށެވެ. އަދި އޭނާގެ ދެ އަންހެންދަރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާކަން ވެސް އެނގޭ ކަމަށެވެ. އެހެންކަމުން މެޗުގައި އޭނާގެ ފަރާތުން ފެނުނު ކަންކަމާމެދު މާފަށް އެދޭ ކަމަށް ލަމްޕާޑު ވަނީ ބުނެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު