އިނގިރޭސި ޕްރިމިއާ ލީގު އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ޕްރިމިއާ ލީގުން ސެޕްޓެމްބަރުގައި އަންނަ ސީޒަން ފެށުމަށް އިއުލާން ކޮށްފައިވާއިރު، ހަމަ އެހަފްތާގައި އީއެފްއެލް އިންވެސް ވަނީ އަންނަ ސީޒަންގެ އިނގިރޭސި އެހެން ލީގުތައް ފެށުމަށް ނިންމައިފައެވެ.
ޗެންޕިއަންސް ލީގު ނިމޭތާ ތިން ހަފުތާގެ ބްރޭކަކަށް ފަހު 2020-2021 ގެ ސީޒަން ފަށަން ހަމަޖެހިފައި ވާއިރު، އަންނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހު ސީޒަން ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗް 13 ވަނަ ދުވަހު ޕްރިމިއާ ލީގު މެދުކަނޑަިއލުމަށްފަހު މިދިޔަ މަހުގެ 17 ވަނަ ދުވަހު އަލުން ފަށައިފައިވާއިރު މި ސީޒަންގައި ހުރިހާ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.
2019-2020 ވަނަ ސީޒަންގެ ހުރިހާ މެޗުތައް އަންނަ އާދިއްތަ ދުވަހު ކުޅެ ނިމޭ އިރު، ލީގު ޗެމްޕިއަންކަން ހޯދައިފައިވަނީ ލިވަޕޫލެވެ. ކުރިއަށް އޮތް ސީޒަންގެ މެޗުތައް އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ޕްރިމިއާ ލީގުގެ ޝެއާ ހޯލްޑަރުން ވެސް އިއްޔެ ވަނީ އެއްބަސް ވެފައެވެ.
ސެޕްޓެމްބަރުގައި ލީގު ފަށާއިރު މެޗްތައް ކުރިޔަށްދަން ނިންމާފައިވަނީ މިހާރެކޭ އެއްގޮތަށް ސަޕޯޓަރުން ނުވައްދައެވެ. ނަމަވެސް ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ އޮކްޓޫބަރު މަހުން ފެށިގެން ދޭން ވަނީ ނިންމައިފައެވެ. އެއީ އިޖްތިމާއީ ގައިދުރުކަން ބަހައްޓާގޮތަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު