މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި އީރާނުގެ މީހަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައިވަނީ އުމުރުން 49 އަހަރުގެ ރަހުމަތުﷲ ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ.
ރަހުމަތުﷲ މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭ 11:49ގައި ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި މީހެއް ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.
ރަހުމަތުﷲ މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު