ސްރީ ލަންކާއިން ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފިއެވެ.
ލަންކާގެ ކޮއްލޮޕިޓިޔާއިން ވަނީ 3150 އެލްއެސްޑީ ސްޓޭމްޕް އަތުގައިގެންފައި ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
ޕާޓީ ޑްރަގްސްތައް އަތުލައިގެންފައިވަނީ ކޮއްލޮޕިޓިޔާގެ ގެއެއް ރެއިޑްކޮށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ރެއިޑްގައި 26 އަހަރުގެ މީހަކު ހައްޔަރު ކޮށް ތަހުގީގު ފަށާފައިވާ ކަމަށް ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ އިން ބުނެއެވެ.
ލަންކާގެ ފުލުހުންގެ އޮޕަރޭޝަންގައި ހޯދައިފައިވާ ޕާޓީ ޑްރަގްސްގެ އިތުރުން އިތުރު އެހެން ބާވަތެއްގެ ޑްރަގެއް ފެނިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ