ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަކާއި ފިނިކުރި އިތުރު ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް "ބޮޑު އީދު ބޮޑު ހަދިޔާ"ގެ ނަމުގައި ހާއްސަ ގިންއަވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ކުކުޅު ފިހާރައިން ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ފިހާރައިގެ ފޭސްބުކް ޕޭޖަށާއި ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމަށްފަހު އެ ޕޯސްޓް ޝެއާކުރަން ޖެހޭނެ ކަމަށެވެ. އަދި އޮރިޖނަލް ޕޯސްޓުގެ 10 ރައްޓެހިން ޓެގު ކުރަން ވެސް ޖެހޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ވެސް މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ކުކުޅު ފިހާރައިން އަންނަނީ އިތުރު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެ ފިހާރައިން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ކުކުޅު ފިހާރަ އިން ވަނީ ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ތައާރަފު ކޮށްފަ އެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.
ކުކުޅު ފިހާރައިން މިދިޔަ ހަފުތާގައި ވަނީ އއ. ތޮއްޑޫގައި އެ ފިހާރައިގެ ޝޯ ރޫމެއްވެސް ހުޅުވައިފަ އެވެ. އަދި މި މަސްތެރޭގައި އިތުރު ރަށްތަކުގައި އެ ތަނުގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު