މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"ގެ އީމޯލް އިން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ނުވަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ފަށާފައިވާ އެ ޕްރޮމޯޝަންގައި މިހާރު ނުވަ ހަފުތާ ނިމިފައިވާއިރު، އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ އެވެ.

ތިން މަސް ދުވަހަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ނުވަ ވަނަ ހަފުތާގެ ނަސީބުވެރިޔަކީ ނީނާ ހަކީމެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާއެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެގޮތުން ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާ ވެސް ވަރަށް ހެޔޮ އަގުގައި އެ ފިހާރައިން އަންނަނީ ވިއްކަމުންނެވެ.

ކުކުޅު ފިހާރައިން އެކިއެކި ޕްރޮމޯޝަންތައް ކުރިޔަށްގެންދާ އިރު، ބޮޑު އީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އަންނަ އޮގަސްޓް މަހު 15ގެ ނިޔަލަށް ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގައި ކުކުޅު ފިހާރައިން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި ނުކޮށާ ކުކުޅުގެ 10 ކޭސް ގަތުމުން 10 ރުފިޔާގެ ޑިސްކައުންޓެއް ލިބެ އެވެ.

ކުކުޅު ފިހާރައިން ބުނީ، މި ޕްރޮމޯޝަނަކީ ހޯލްސޭލްކޮށް ވިއްކާ ފިހާރަތަކަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކުކުޅު ފިހާރައިން ހޯލްސޭލްކޮށް ގަންނަ ތަކެތި ފިހާރައަށް ނުވަތަ ބޯޓާ ހަމަޔަށް ހިލޭ ގެންގޮސްދެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ހޯލްސޭލްކޮށް މުދާ ގަންނަ ފިހާރަތަކަށް ނޫން ކަމަށްވެސް ކުކުޅު ފިހާރައިން ބުނެ އެވެ. އެގޮތުން އާއިލާ ނުވަތަ އަވަށްޓެރިން އެކުގައި 10 ކޭސް ކޮށި ކުކުޅު ގަނެފި ނަމަ އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ ކަމަށް ވެސް ކުކުޅު ފިހާރައިިން ބުނެ އެވެ.

މީގެ އިތުރުން ކުކުޅު ފިހާރައިން ވިއްކާ ކޮށި ކުކުޅުގެ ޕެކިންގައި ހުރިހާ ސައިޒެއް އެނގޭނެހެން ލޭބަލް ކުރެވިފައިވާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެ އެވެ. މިކަމުގެ ސަބަބުން ބޮޑު އީދު އަންހެންވެރިންނަށް ލުއިވުމުގެ އިތުރުން، ކުކުޅު ކޮށަން ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެ އެވެ.

ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފު ކޮށްފަ އެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައިން މިދިޔަ ހަފުތާގައި ވަނީ އއ. ތޮއްޑޫގައި އެ ފިހާރައިގެ ޝޯ ރޫމެއްވެސް ހުޅުވައިފަ އެވެ. މި މަސްތެރޭގައި އިތުރު ރަށްތަކުގައި އެ ތަނުގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެ އެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.