ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ، މިއަހަރުގެ އެވޯޑްސްގެ ފަސް ކެޓަގަރީއަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ނޮމިނޭޓްވެއްޖެއެވެ.
- އިންޑިއަން އޯސަންސް ލީޑިން އެއާލައިން 2020
- އިންޑިއަން އޯސަންސް ލީޑިން އެއާލައިން- ބިޒްނަސް ކްލާސް 2020
- އިންޑިއަން އޯސަންސް ލީޑިން އެއާލައިން- އިކޮނޮމީ ކްލާސް 2020
- އިންޑިއަން އޯސަން ލީޑިން އެއާލައިން ބްރޭންޑް 2020
- އިންޑިއަން އޯސަން ލީޑިން ކެބިން ކުރޫ 2020
މޯލްޑިވިއަންްއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. މޯލްޑިވިއަންއަށް ވޯޓު ދިނުމަށް https://www.worldtravelawards.com/vote ލިންކު ބޭނުން ކުރުމަށް މޯލްޑިވިއަންއިން ވަނީ އެދިފައެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރުން ފެށިގެން ދޭން ފެށި މި އެވޯޑްގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލުކުރާ ފަރާތްތައް ފާހަގަކުރުމެވެ. އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ އެވޯޑުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބަލައިގަންނަ އެވޯޑަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި