ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ހެދި ކޮވިޑް ޕީސީއާރު ޓެސްޓުގެ އަދަދު ބައި ލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިރޭ ބުނީ، މިއަދުގެ މިހާތަނަށް އެ ހޮސްޕިޓަލުން 50,000 އަށްވުރެ ގިނަ ޕީސީއާރު ޓެސްޓް ކާމިޔާބު ކަމާއެކު ހަދާފައިވާ ކަމަށެވެ.

ޕީސީއާރު ޓެސްޓަކީ މީހެއްގެ ގައިގައި ކޮވިޑް-19 އިންފެކްޝަން ހުރިތޯ ޔަގީން ކުރުމަށް، ކަރު ބުޑުންނާއި ނޭފަތުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓެކެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ ވެސް އައިޖީއެމްއެޗުގައި، މިދިޔަ ފެބްރުއަރީ 29 ގަ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ކޮވިޑަށް ޓެސްޓު ކުރަނީ ފުލުހުންގެ ލެބާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިތުރުން ކުޅުއްދުއްދުށީ ހޮސްޕިޓަލުންނެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓު ހެދުމުގެ އިންތިޒާމް ވެސް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.