ބްރިޓިޝް އެއާވޭސް އިން ބޯއިންގް 747ގެ ހުރިހާ ފްލައިޓުތައް ގްރައުންޑް ކުރަން ނިންމައިފިއެވެ.
ޔޫކޭގެ ބްރިޓިޝް އެއާވޭސް އަކީ ދުނިޔޭގެ އެންމެ ބޮޑު ޖަމްބޯޖެޓް ފްލައިޓްތައް އޮޕަރޭޝަންގައި ގެންގުޅޭ އެއާލައިންއެވެ. ބްރިޓިޝް އެއާވޭސްގެ އޮޕަރޭޝަންގައި ބޮއިން 747 ގެ 31 ފްލައިޓް ގެންގުޅެއެވެ.
ކޮވިޑްގެ ސަބަބުން ލިބެމުން އަންނަ ގެއްލުމާއެކު ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ބްރިޓިޝް އެއާވޭސްގެ ސްޕޯކްސްޕާސަން ވަނީ 747ގެ ފްލީޓުތައް ރިޓަޔާ ކުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައި ބުނެފައެވެ.
ބްރިޓިޝް އެއާވޭސްގެ މުޅި ފްލީޓްތުގެ 10 ޕަސެންޓަކީ 747 ގެ ފްލައިޓުތަކެވެ.
ކޮވިޑާ ގުޅިގެން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެއް އިންޑަސްޓްރީއަކީ އެއާލައިން އިންޑަސްޓްރީ އެވެ. ވައިގެ ދަތުރުތައް ހުއްޓުމުން، އެ އިންޑަސްޓްރީގެ ވިޔަފާރި ވަނީ އެއްކޮށް ހުއްޓިފައެވެ. ނިއު ނޯމަލްގައި ބައެއް ގައުމުތަކުގެ ބޯޑަރުތައް އަލުން ހުޅުވައިލި ނަމަވެސް، ދަތުރު ކުރާ މީހުންގެ އަދަދު ރަނގަޅުވެ ފައިދާއެއް ވާން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި