ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނޫ ސޫދު އަންނަނީ ކޯވިޑް 19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި، ކޯވިޑާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޯވިޑްގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީވުމަށްފަހު، ސޯނޫ މިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ މަހާރަސްތުރާގެ ފުލުހުންނަށް 25،000 ފޭސް ޝީލްޑް ހަދިޔާކޮށްފައެވެ.
މަހާރަސްތުރާގެ ހޯމު މިނިސްޓަރު އަނިލް ދޭޝްމުކް ވަނީ ސޯނޫއަށް ޝުކުރު އަދާކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. އެގޮތުން އެ ޓުވީޓްގައި ވިދާޅުވެފައިވަނީ، ސޯނޫ މަހާރަސްތުރާގެ ފުލުހުންނަށް 25،000 ފޭސް ޝީލްޑް ހަދިޔާ ކޮށްދިނުމުން އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މަހާރަސަތުރާގެ ހޯމު މިނިސްޓަރުގެ ޓުވީޓަށް ޖަވާބު ދެމުން ސޯނޫ ބުނީ ފުލުހުންގެ ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރެހެނުންނަކީ ހަގީގީ ހީރޯއިން ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން