މާލެއިން ރ. ހުޅުދުއްފާރަށް ދިޔަ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް އުޅެމުންދަނިކޮށް ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ރަށު ކައުންސިލުންނާއި ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އޭނާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އުނގޫފާރު ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު