މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"ގެ އީ މޯލްއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ އަށްވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން ފަށާފައިވާ އެ ޕްރޮމޯޝަންގައި މިހާރު އަށް ހަފުތާ ނިމިފައިވާއިރު، އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ އަށްވަނަ ހަފުތާގެ ނަސީބުވެރިޔަކީ ދީމްއެވެ. ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ ހޯމަ ދުވަހުއެވެ.

"ކުކުޅު ފިހާރަ"ގެ އީ މޯލްއިން މިހާރު ވަނީ ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާ ވެސް ވިއްކަން ފަށައިފައެވެ. ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާއެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ކުކުޅު ފިހާރައިން އެކިއެކި ޕްރޮމޯޝަންތައް ކުރިއަށްގެންދާ އިރު، އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ހޯލްސޭލް ކުރާ ފަރާތްތަކަށް 20-30 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ކުކުޅު ފިހާރައިން ދެމުން އަންނަ އިރު، އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ 100 ވަނަ ކަސްޓަމަރުގެ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން އަންނަނީ ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފުކޮށްފައެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައިން ވަނީ ނިމުނު ހަފުތާގައި އއ. ތޮއްޑޫގައި އެ ފިހާރައިގެ ޝޯ ރޫމެއްވެސް ހުޅުވައިފައެވެ. އަދި މި މަސްތެރޭގައި އިތުރު ރަށްތަކުގައި އެ ތަނުގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.