ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމާއެކު ސްރީލަންކާގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައިވާ ބުނެފައިވާ ގޮތުގައި އެގައުމުގެ ހުރިހާ ސްކޫލްތަކެއް މާދަމާއިން ފެށިގެން ބަންދުކުރަން ވަނީ ނިންމައިފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސްކޫލްތައް ބަންދުކުރާނީ މިމަހުގެ 17 ދުވަހުގެ ނިޔަލަށް ކަމަށާއި ހާލަތަށް ބަލާފައި ސްކޫލުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.
ލަންކާގައި މިއަދު އެކަނިވެސް ޕޮޒިޓިވް 94 ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ލަންކާއިން ގިނައިން ފެނިފައިވަނީ އެގައުމުގެ ރިހިބިލިޓޭޝަން ސެންޓަރަކުން ފެންނަން ފެށި ޕޮޒިޓިވް ކޭސްތަކުގެ އިތުރުން އެހެން ގައުމުތަކުން އެގައުމަށް އެތެރެވާ މީހުންގެ ފަރާތުންނެވެ.
ކަރަންޓީނު ފެސިލިޓީތަކަށް ބާރުބޮޑުވެ ފުރެން ފެށުމާއެކު ލަންކާ ސަރުކާރުން ވަނީ އެގައުމަށް އެހެން ގައުމުތަކުން މީހުން އެތެރެވުން ވަގުތީގޮތުން މަނާކުރުމަށް ނިންމައިފައެވެ.
ލަންކާއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 2511 އަށް އަރާފައިވާ އިރު، އެގައުމުން މިހާތަނަށް 11 މީހަކު މި ބަލިން މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ