މާފުށީ ޖަލާއި އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް މިއަދު ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލާއި އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް މިއަދު ފަށާފައިވާ ކަމަށާއި މިވަގުތު ކޮވިޑު ނެތް ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި ގައިދީންނާ ބައްދަލުކުރެވޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކުން ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ޖަލުގައި ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމު ކުރެއްވުން މުހިއްމު،" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ގައިދީންގެ އާއިލާ ބައްދަލުވުން މެދުކަނޑާލާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލާފައިވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެނެވެ.
އާއިލީ ބައްދަލުވުންތައް މެދުކަނޑާލި ނަމަވެސް ކަރެކްޝަންސް އިން ވަނީ އޮންލައިންކޮށް އާއިލީ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ. އަދި ފައިސާ ވެސް އޮންލައިންކޮށް ފޮނުވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު