މަޝްހޫރު ފެޝަން އައިކަން ޕެރިސް ހިލްޓަންވެސް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފިއެވެ.
އޭނާ ކުރި ޓުވީޓެއްގައި ބުނީ، ވަރަށް ބޮޑަށް ވިސްނުމަށްފަހު އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ބަދަލުތަކަކާއި އެކު އަންހެނެއް ބޭނުންވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އޭނާ ވަނީ އެ ޓުވީޓްގައި ހޭޝްޓެގް ޕެރިސް ފޮރ ޕްރެޒިޑެންޓް ވެސް ޖަހައިފައެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަޝްހޫރު ރެޕަރ އަދި މޮޑެލް ކިމް ކާޑޭޝިއަންގެ ފިރިމީހާ ކެންޔޭ ވެސްޓް ވެސް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވަދާކުރާނެ ކަން އިއުލާން ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ