ލައިފް ސްޓައިލް

ގިނަ އަހަރުތަކެއް ވަންދެން އެކީ އުޅުމަށްފަހު ވަކިވި ބައެއް ޓީވީ ތަރިން

އީމާ މުހައްމަދު ވަހީދު

އިންޑިއަން ޓީވީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިންނަކީވެސް، އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ބައެކެވެ. އެގޮތުން ބެލުންތެރިންނަށް ވަރަށް ކަމުދާ ސީރީޒްތަކާއި، ރިއަލިޓީ ޝޯތަކުން ފެންނަ ތަރިންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތްވެސް ބަލަން ބޭނުންވާ މީހުން އުޅެއެވެ. އެހެންކަމުން ޓީވީ އިންޑަސްޓްރީގައި އެކީ އުޅެފައި އެ ގުޅުން ނިންމާލި ގިނަ ތަރިން އެބަ އުޅެއެވެ.

އާޝާ ނެގީ އަދި ރިތުވިކް ދަންޖާނީ

ރިތިވިކް އާއި އާޝާ ދިމާވީ ކުރިން ގެނެސްދިން މަޝްހޫރު ސީރީޒް ޕަވިތުރާ ރިޝްތާގެ ސެޓުގެ ތެރެއިންނެވެ. ލޯބީގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން ގުޅިގެން އުޅުމަށް ފަހު އެދެމީހުން ވަކި ވީ މިއަހަރުގެ އޭޕްރީލު މަހުއެވެ. އެދެމީހުންގެ އެކުވެރިޔަކު ބުނެފައިވާ ގޮތުގައި، އެ ދެމީހުން ދުރުވީ މައްސަލަ ޖެހޭތީ އެކީ ނޫޅެވިގެންނެވެ. ރިތުވިކް ކުރިން އުޅެމުން ދިޔައީ އާޝާ އާއި އެކު އޭނާގެ ގޭގައެވެ. އެހެންނަމަވެސް ރިތުވިކް ވަނީ ފަހުން އެގެއިން ނިކުމެފައެވެ. އެދެމީހުން ވަނީ އެކީގައި ނަޗް ބަލިއޭގައިވެސް ބައިވެރި ވެފައެވެ.

ސަންޖީދާ ޝެއިހު އަދި އާމިރު އަލީ

ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށް ފަހު ސަންޖީދާ އަދި އާމިރު ކައިވެނި ކުރީ 2012 ވަނަ އަހަރެވެ. އެހެންނަމަވެސް ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއްވަނަދެން އުޅުމަށްފަހު މައްސަލަތައް ޖެހެން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޖެހުނު މައްސަލަތައް ހައްލުކުރުމަށް ދެމީހުންވެސް މަސައްކަތް ކުރި ކަމަށް ހަބަރުތަކުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް، މީގެ މަހެއްހާ ދުވަސްކުރިން ސަންޖީދާ ވަނީ އޭނާގެ މަންމަ ކައިރިޔަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

ރިދީ ޑްގުރާ އަދި ރަގޭޝު ބަގަތު

ރިދީ އަދި ރާގޭޝް ދިމާވީ މަރުޔާދާގެ ސެޓުންނެވެ. އެކުވެރިންގެ ގޮތުގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު އެދެމީހުން ކައިވެނީގެ ގޮތުން ގުޅުނީ 2011 ވަނަ އަހަރެވެ. ކައިވެނީގެ ގޮތުން 7 އަހަރު ގުޅިގެން އުޅުމަށްފަހު އެދެމީހުން ވަކިވީ އެމީހުންގެ ސަޕޯޓަރުންގެ ހިތްތައް ރޮއްވާލައިފައެވެ. ވަރިވުމާއި ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ރާގޭޝް ބުނީ، ވަރިވީ ވަކި މީހެއްގެ މައްސަލަ ހުރެގެން ނޫން ކަމަށާއި އެކީ ނޫޅެވޭނެ ކަން ދެމީހުންނަށްވެސް ވިސްނޭތީ ކަމަށެވެ.