ރާއްޖެއަށް އެތެރެ ކުރާ މުދާތަކުން ނަގާ އިމްޕޯޓް ޑިއުޓީތަކަށް ބަދަލުތަކެއް ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މުޅި މަޖިލީހުގެ ކޮމިޓީން ގެނައި އިސްލާހުތައް އެ ކޮމިޓީން ފާސްކޮށްފިއެވެ.

ރާއްޖެއަށް އެތެރެ ކުރާ މުދާތަކުން ނަގާ އިމްޕޯޓް ޑިއުޓީތަކަށް ބަދަލުތަކެއް ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މުޅި މަޖިލީހުގެ ކޮމިޓީން ގެނައި އިސްލާހުތައް އެ ކޮމިޓީން ފާސްކޮށްފިއެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލު ދިރާސާ ކުރާ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހަ އިސްލާހެއް ހުށަހަޅާފައިވެއެވެ.

އެގޮތުން ސ. ހިތަދޫ ސަރަަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބާލައި، މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅި އިސްލާހާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވި ދެ އިސްލާހެއް ހިމެނެއެވެ.

އެއީ ކާނާ ވެކިއުމް ކުރުމަށް ބޭނުންވާ ކޮތަޅުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލަން ހުށަހެޅުއްވި އިސްލާހާއި އޮކްޓޯބަރު 1، 2020 އިން ފެށިގެން އިސްލާހުތަކަށް އަމަލުކުރަން ހުށަހެޅުއްވި އިސްލާހެވެ.

އޭގެ އިތުރުން ޗެޕްޓަރު 53ގެ ދަށުން ރޯނުން 50 ޕަސެންޓް ޑިއުޓީ ބޮޑު ކުރުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާ ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި އިސްލާހާއި ޗެޕްޓަރު 87ގެ ދަށަށް ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ، ކާރު، ޖީޕް، ވޭން އަދި ބޭނުންކޮށްފައި ނުހުންނަ ކާރު، ޖީޕް ވޭންގެ ޑިއުޓީ 200 ޕަސެންޓަށް ހަދަން ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

މެންބަރު ވިސާމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ، ކާރު، ޖީޕް، ވޭން 300 ޕަސެންޓް ޑިއުޓީ ނަގާށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ގެންނަން ނިންމި މި އިސްލާހުތަކާއެކު ފާސްކުރީ 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.