ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކުކުޅު ފިހާރަ"ގެ އީ މޯލްއިން ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަންގެ ހަތްވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިންގާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަން ކުކުޅު ފިހާރައިން ބުނެއެވެ. މިހާތަނަށް އައިއިރު އެ ޕްރޮމޯޝަންގެ ހަތް ހަފުތާ ވަނީ ނިމިފައެވެ.
ކުކުޅު ފިހާރައިން މައުލޫމާތުދޭގޮތުގައި ހަތްވަނަ ހަފުތާގެ ނަސީބުވެރި ފަރާތަކީ އައިމިނަތު ނިމާލާއެވެ.
ތިން މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގައެވެ.
ކުކުޅު ފިހާރައިން އެކިއެކި ޕްރޮމޯޝަންތައް ކުރިއަށްގެންދާ އިރު، އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް ކުރިއަށް އެބަދެއެވެ.
ހޯލްސޭލް ކުރާ ފަރާތްތަކަށް 20-30 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ކުކުޅު ފިހާރައިން ދެމުން އަންނަ އިރު، އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ 100 ވަނަ ކަސްޓަމަރުގެ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން އަންނަނީ ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފު ކޮށްފައެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.
ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި