މަޝްހޫރު މޮޑެލް ކިމް ކާޑޭޝިއަންގެ ފިރިމީހާ އަދި މަޝްހޫރު ރެޕަ ކެންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ނިންމި ނިމުމަށް ސަޕޯޓު ކުރާ ކަމަށް ކެންޔޭގެ އަންހެނުން ކިމް ކާޑިޝަން ބުނެފިއެވެ.

އެގޮތުން އެމެރިކާގައި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޔޭ ނިންމިކަން އިއުލާން ކުރުން ވެގެން ގޮސްފައިވަނީ އެތައް ބަޔަކަށް ބޮޑު ޝޮކެއް ލިބުނު ކަމަކަށެވެ. އޭނާގެ އެ ނިންމުމާ ގުޅިގެން އެއް ބަޔަކު އޭނާއަށް ސަޕޯޓް ކުރަމުން އަންނައިރު، އޭނާއާ ދެކޮޅަށް ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ.

ފިރިމީހާ ކެންޔޭ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށްބުނެ ޓުވީޓް ކުރިތާ މާގިނަ އިރެއް ނުވެ ކިމް ވަނީ އެމެރިކާގެ ދިދަ ލާފައި ފިރިމީހާ ކުރި ޓުވީޓް ރީޝެއާ ކޮށްފައެވެ.

ކެންޔޭ ބުނީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުރި ޑޮނަލް ޓްރަމްޕް އަށާއި ޑިމްކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޖޮއެ ބިޑެން އާ ދެކޮޅަށް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އެމެރިކާގެ ރައީސް ކަމަށް ކުރިމަލާން ނިންމާފައިވާ ކަން ކެންޔޭ އިއުލާން ކުރީ އިއްޔެއެވެ.