ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ މެންޗެސްޓާ ސިޓީން ކަށަވަރުކޮށްފިއެވެ. ސިޓީން ރޭގެ މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީން ނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކެވިން ޑިބްރޭނާއެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާ އަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
އެޓީމުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 68 ވަނަ މިނިޓްގައި ފޯޑެންގެ އެހީތެރިކަމާއެކު ރަހީމް ސްޓާލިން އެވެ. ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީއަށް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ބާނަޑޯ ސިލްވާ އާއި ރިޔާޒު މަހްރޭޒްގެ އިތުރުން ސްޓާލިން އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
ރޭގެ މެޗުގައި ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ ވަނީ ސިޓީގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މި މޮޅާ އެކު ސީޓީން ސެމީ ފައިނަލްގައި ނިކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. ސެމީގެ ދެމެޗް ކުޅޭނީ ޖުލައިގައި 18 އަދި 19 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަ ޔުނައިޑެޓް އާއި ޗެލްސީ އެވެ.
ކޮވިޑް 19 އާ ގުޅިގެން މިއަހަރު އެފްއޭކަޕްގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އެފްއޭ ކަޕްގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކުރީ އަވޭ ޓީމުންނެވެ. މިއީ 1987 ގެ ފަހުން އަވޭ ޓީމުން ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 2005 ވަނަ އަހަރުގެ ފަހުން ނިއުކާސަލްއަށް އެފްއޭ ކަޕްގެ ސެމީ ފައިނަލާ ހަމައަށް އާދެވިފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު