އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޗެލްސީން ޖާގަ ހޯދައިފި އެވެ.
ރޭ ކުއާޓާ ފައިނަލުގައި ޗެލްސީން ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅެ މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑުޖަހަން ލިބުނު މަދު ފުރުސަތު ތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެޓީމަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ސެމީފައިނަލުން ޖާގަ ހޯދި ގޯލް މެޗްގެ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ ރޮސް ބާކްލީ އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ ވިލިއަންގެ އެހީތެރި ކަމާއި އެކު އެވެ. ރޭގެ މެޗުން ޗެލްސީ މޮޅުވި ނަމަވެސް މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލެސްޓާ ސިޓީން ނެވެ.
އެގޮތުން ލެސްޓާ އިން މެޗްގެ 52 އިންސައްތަ ކުޅެފައިވާއިރު ޗެލްސީން ހިއްސާކޮށްފައިވަނީ 48 ޕަސެންޓެވެ. އެމެޗްގައި 12 ކޯނަރު ނަގައިފައިވާއިރު އޭގެތެރެއިން ހަތް ކޯނަރުލިބިފައިވަނީ ލެސްޓާ ސިޓީ އަށެވެ. ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ނަސީބު ތަންދިނީ ޗެލްސީ އާ އެއްކޮޅަށެވެ.
މި މޮޅާ އެކު ޗެލްސީ ސެމީ ފައިނަލްގައި ނިކުންނާނީ މެންޗެސްޓަ ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ސީޓީން ސެމީ ފައިނަލްގައި ނިކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. ސެމީގެ ދެމެޗް ކުޅޭނީ ޖުލައިގައި 18 އަދި 19 ވެމްބްލީ ސްޓޭޑިއަމްގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު