މީހަކު ރޭޕްކުރި މީހަކު 15 އަހަރުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ، ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއިލް ޖުމާން އެވެ.

މީހަކު ރޭޕް ކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ރޭޕް ކުރުމުގެ ކުށް ސާބިތުވާތީ، ޖިންސީކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރޭޕްކުރުމުގެ ކުށުން ސްމާއިލް ޖުމާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިމަހުގެ 10 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.