އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރިކަމުގެ ހަބަރުތަކެއް ފެތުރުމުން އޭނާ އެކަން ދޮގުކުރައްވައިފިއެވެ.
ބައެއް ނޫސްތަކުން މިރޭ ވަނީ ޖިންސީ ގޯނާގެ ތުހުމަތެއްގައި ޝާހިދު ހައްޔަރުކުރި ކަމަށްބުނެ ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ޝާހިދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ކަމަށްބުނާ ފަރާތަކާ "ވަން" އިން ސުވާލުކުރުމުން އޭނާ ވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ކޮމެންޓް