ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އިއްޔެ އައްޔަންކުރައްވައިފިއެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ވައިސް ވަހީދެވެ.
ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަންކުރެއްވި އިރު، ވަހީދު އެ މަގާމުން ވަކިކޮށްފައިވަނީ ނުވަތަ އިސްތިއުފާ ދެއްވާފައިވަނީ ކޮން ދުވަހަކު ކަމެއް ސާފެއް ނޫނެވެ.
ޗީފް އޮފް ޑިފެންސް ފޯސްކަން ފުރުއްވައި އަދި އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރެއްވުމަށްފަހު މޫސާ އަލީ ޖަލީލް ރިޓަޔާކުރެއްވީ ފެބްރުއަރީ 9، 2012 ގައެވެ. މޫސާ އަލީ ޖަލީލު ވަނީ ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަގާމާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވިއެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
މޫސާ އަލީ ޖަލީލް ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
މޫސާ އަލީ ޖަލީލަށް ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ކޮމެންޓް