ކެނެބިސް ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، ނ. ވެލިދޫ އިހާޒް މުހައްމަދު އަނޫފްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރީ، ފުލުހުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުން ފުޓް ޕެޓްރޯލް ކުރަމުން ދަނިކޮށް ފެނިގެން ހިނގި ކަންތައްތަކުގެ ތެރެއިންނެވެ.
އެގޮތުން ހަ ވަނަ ނަމްބަރު ހިޔާ ޓަވަރާ ދިމާލުން ހިޔާ ޕާކް ޖޯލިފަތީގައި އޭނާ ނިދާފައި އޮއްވައި ފުލުހުން އޭނާއަށް ގޮވުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް ތުހުމަތުކުރެވުނެވެ.
އެހެންކަމުން ފުލުހުން އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި، ލައިގެން ހުރި އަންނައުނު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތަހުގީގުގައި އޭނާގެ ކުޑަކަމުދާ އެއްޗެހި ނަގައި ތަހުލީލު ކުރިއިރު އެ ތަކެތި ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކުރީ އޭނާގެ އަމިއްލަ އިއުތިރާފުން އޭނާގެ މައްޗަށް ދައުވާ ސާބިތުވުމުންނެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް