ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށް ގެންދަން އުޅޭ ބިޔަ މަޝްރޫއު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީގަލް ހިލްސްއަކީ، ވޯޓުލާ މީހުންގެ ތާއީދު ގެއްލި، އަހުލާގީގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފާސިދު ބައެެއް ކަމަށެވެ.
"ފަލަސްތީނުގެ މައްސަލައަށް ލޯބިކުރާ 100 ޕަސަންޓު މުސްލިމް މުޖުތަމައެއްގައި ޔަހޫދީ އާބާދީއެއް ގާއިމުކުރުމަކީ، ތިޔަބައި މީހުން (އީގަލް ހިލްސް) ގެ މުނާފިގުކަމާއި ނުބައިކަން ހާމަކޮށްދޭ ކަމެކެވެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫއާމެދު ދިވެހީންގެ ހިތްތަކުގައި ނަފުރަތު ނޫން އެހެން އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
ރަސްމާލޭގައި މެރީނާއަކާއި ޒަމާނީ ފެންވަރުގެ ވޯޓާފްރަންޓު ސިޓީއެއް ތަރައްގީކޮށް ހިންގަން އީގަލް ހިލްސްއާއެކު ވަނީ ރާއްޖެއާއެކު ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ މަޝްރޫއުގެ ތެރެއިން ރަސްމާލޭގެ 500 ހެކްޓަރު އެ ކުންފުންޏަށް ތަރައްގީކުރަން ދޭނެއެވެ.
އަލީ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް