އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަކީ:
-
ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން
-
ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން
-
ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން
-
ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
-
ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
-
ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
-
އަންހެނުންގެ ރޫހުގެ ރައީސް
-
އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު
-
ޒުވާނުންގެ ހިތްވަރުގެ ރައީސް
-
ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުން
އެމްޑީޕީން ބުނީ މި ހުރިހާ މަގާމަކަށް ކުރިމަތިލާ ބޭފުޅުން ވެސް 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ކަމަށް އެ ޕާޓީން ބުންޏެވެ.
އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އާ މަޖިލީހެއް އިންތިހާބު ކުރަން ވޯޓުލުން އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާ އަސާސީ ގަވައިދެއް ފާސްކޮށްފައިވާއިރު، އޭގައިވާ ގޮތުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް