އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ތިއްބެވި ބޭފުޅުންނަކީ، ރާއްޖެއަށް މިއަދު ގެންނާން ޖެހޭ ބަދަލަށް ބޭނުންވާ ތަޖުރިބާ ހުރި، އަދި އެ ވިސްނުން ހުރި ބައެއްނޫން ކަމަށް، ޕްރައިމަރީގައި ވާދަ ކުރައްވާ އެއް ކެންޑިޑޭޓް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ހުރިހާ ބޭފުޅުންނަކީ މިދިޔަ ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
""އަޅުގަނޑުމެން ނުދެކޭ ވަކި ތަދުކަމެއް މިއަދު މިއުޅޭ ކުއްޖާވެސް ނުދެކޭނެ، އަޅުގަނޑުމެންނަކީ ކަރަންޓެއްނެތި އެތައް ޒަމާނެއްގައި ރަށްރަށުގައި ދިރިއުޅުނު މީހުން، ކަރަންޓެއް ފެނެއް ސިއްހީ މަރުކަޒެއް އެއްވެސްއެއްޗެއް ނެތި، އެހެންވީމަ ހަޔާތެއްގައި ތަޖުރިބާ ކުރާން ޖެހޭ ހުިރހާ ހާލަތެއް ދިރިއުޅުމުގައި ތަޖުރިބާކޮށްފަ، 30 އަހަރު މާލޭގައި ރެންޓްވެސް ދައްކައިގެން، މި ހުރިހާ ހާލަތެއްގައި އުޅެފަ އަޅުގަނޑުމެން މިހާހިސާބަށް އައިސް މި ތިބީ،" ޝަމްހީދު ވިދާޅުވިއެވެ.
އެހެންކަމުން ޝަމްހީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ދެން ތިއްބެވި ވާދަވެރިންނާއި އޭނާގެ ވިސްނުން ވަރަށް ތަފާތުވާނެ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ދެން ތިއްބެވި ވާދަވެރިންނަކީ އެމްޑީޕީގެ ސަރުކާރުގައި ކެބިނެޓްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. ގަބޫލު ނުކުރާ ކަންތައްތަކެއް އެ ކެބިނެޓުންވެސް ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަމްހީދު ވިދާޅުވީ، މިވަގުތު ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ވިސްނުން އެބޭފުޅުންގެ ހުންނާނެކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.
"ހަގީގަތުގަވެސް އަޅުގަނޑު ގަބޫލުކުރަނީ މިހާރު ތިބި ބޭބޭފުުންށަށް މިކަމެއް ނުވާނޭ، އެބޭފުޅުންގެ ނެތޭ އެ ވިސްނުމެއް މި ބަދަލު ގެނައުމުގެ ވިސްނުމެއް ހަޔާތެއްގައި ތަޖުރިބާކުރަން ޖެހޭ ހުރިހާ ހާލަތެއްތަޖުރިބާކޮށްފައެއް ނެތޭ." ޝަމްހީދު ވިދާޅުވިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ ޝަމްހީދުގެ އިތުރުން އެމްޑީޕީގެ ވެރިކަމުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ނާއިބު ރައީސް ފައިސަލް ނަސީމެވެ.
މި ޕްރައިމަރީގައި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. އަދި ރައީސް ސޯލިހު ތާއީދު ކުރައްވަނީ ފައިސަލް ނަސީމަށެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް