ދައްކާން ޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ޓެކްސް ފައިސާ ދައްކާފައި ނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފިއެވެ.
މި ފަރާތްތަކަކީ ޓެކުހުގެ ގޮތުގައި ނުދައްކައިވާ އަދަދު އެއް މިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މީގެ ތެރޭގައި ފީފާއިން އުމުރަށް ސަސްޕެންޑްކޮށްފައިވާ އަދި ހިޔާނާތުގެ މައްސަލައިގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރީ ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ އިތުރުން މަޝްހޫރު އަމިއްލަ ބައެއް ކުންފުނިތައްވެސް ހިމެނެއެވެ.
މީރާއިން ބުނީ، މިއީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ނިންމި ނިންމުމެއްކަމަށެވެ. އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް މައުލޫމާތު ދީފާވާކަމަށެވެ.
އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ސާފުކޮށްދީފައެވެ.
ދައުލަތަށް ދައްކަން ޖެހި ނުދައްކައިވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅާން ޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސް ނުކޮށް ބަޔާންތައް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޓެކްސް ނުދައްކައިވާ ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ނިންމުމަށްވެސް މީރާއިން ވަނީ އަންގާފައެވެ.
މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެކި ފަރާތްތަކުން ދައުލަތަށް ދައްކާން ޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މިރާއިން ބުނެއެވެ.
ޓެކްސް ނުދައްކައިގެން ނަން އާއްމު ކުރި ފަރާތްތައް:
-
- އަބްދުއްރައްޒާގު އަލީ ހ.މާކޮށާރުގެ
- އަހްމަދު އަސްލަމް ފަޒާ ހދ. ކުޅުދުއްފުށި ސިޓީ
- އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް
- އަރްގީލް ޕްރައިވެޓް ލިމިޓެޑް
- ބީއެމްސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޮމްޕެނީ
- ބައްސާމް އަދީލް ޖަލީލް ގ. ފަހިވާގެ
- ބެވަރެޖް ޓްރިޕްލް
- ބުލޫ ޒިންގް
- ބިޒްނަސް އިމޭޖް ގްރޫޕް
- ޗާންގްޒޯ ޓްރިނާ ސޮލާ އިންޖިނީއަރިިން
- ސިބޯ އިންވެސްޓްމެންޓް
- ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިން
- ޑުޕްލެކްސް
- އެވޮސަން މޯލްޑިވްސް
- އެވޮސަން
- އެފްއެފް ކޮމްޕެނީ
- ހުނަން ރުއިން ޓްރޭޑިން
- ހުސެއިން ސާމީ ގއ. ކޮލަމާފުށި މުރިނގު
- އިމާދް އަބްދުއްސަމަދު ގދ. ރަތަފަންދޫ ނައިޓް ހައުސް
- އިސްމާއީލް ޔޫސުފް އދ. ދަނގެތި އެންދެރިމާގެ
- އެމްއޭޓީ މާލްޑިވްސް
- މެދުފުށި އިންވެސްޓްމެންޓް
- އެމް ގްލާސް އެންޑް އެލްމިނިއަމް
- މޫންރައިސް މޯލްޑިވްސް
- ނިނޯ (އެމް)އެސްޑީއެން ބީއެޗްޑީ
- ރި ޕްލޭން
- ރިޔޮކޯ
- ސްވޮޗް މޯލްޑިވްސް
- ސަން ސްޕޯޓިންގ ހޮލިޑޭސް
- ޓޫ ބްރަދާސް
- ޔުނި އިންޖިނިއަރިންގ
- ވަންތަ
- ޔޫސުފް ރަފީއު މ.ބިގްފިޝް
އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ކޮމެންޓް