އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވީއެންމެ އަވަހަކަށް އެ ގައުމުން ފައިބަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަދު އަންގައިފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ސެކިއުރިޓީ އެލާޓެއްގައި ބުނެފައިވާ ގޮތުގައި، މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން ކުއްލި ގޮތަކަށް ވައިގެ ދަތުރުފަތުރަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ކޮމާޝަލް ފްލައިޓުތައް މެދުވެރިކޮށް މިހާރުން މިހާރަށް އީރާނުން ފޭބުމަށް އެ އިދާރާއިން ވަނީ އެމެރިކާގެ ރައްޔިތުންނަށް އިރުޝާދުދީފައެވެ.
މީގެ އިތުރުން، ބައެއް އެއާލައިންތަކުން އީރާނަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާއިރު، ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުން ވެސް އީރާނުން ނުފުރިއްޖެ ހާލަތެއްގައި، ރައްކާތެރި ތަންތަނުގައި މަޑުކުރުމަށާއި، ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެލުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އަންގައިފައެވެ. އަދި ދަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އަބަދުވެސް އަތުގައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމެރިކާ ސަރުކާރުން އީރާނަށް ދަތުރުކުރުން މަނާކޮށް، އެ ގައުމު އޮތީ ޓްރެވަލް އެޑްވައިޒަރީގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވެލް ހަތަރެއްގައެވެ. އީރާނުގައި އެމެރިކާގެ އެމްބަސީއެއް ނުހުންނާތީ، އެ ގައުމުގައި ތިބޭ އެމެރިކާ ރައްޔިތުންނަށް ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ވެސް އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނެފައިވެއެވެ. އެހެންކަމުން، އީރާނުން ފައިބަން އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާ ނުވުމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އެލާޓުގައި ވަނީ އަންގާފައެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް