އުމްރާނީ ގޮތުން ކިތަންމެ ބޮޑެތި އިމާރާތްތަކާއި ބުރިޖުތައް އެޅި ނަމަވެސް، އިޖުތިމާއީ އަދި އަހުލާގީ ފޭރާން ރަނގަޅު ނުކޮށް ގައުމަށް ހަގީގީ ދެމެހެއްޓެނިވި ތަރައްގީ ނުގެނެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ރިވެތި އަހުލާގުގެ މަތީގައި އިންސާނީ ވަސީލަތް ތަރައްގީކުރުން ކަމަށެވެ. މިގޮތުން، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އިންސާނުން ބިނާކުރުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ކޯޅުންތަކާއި ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ގުޅުންތަކަށާއި އަހުލާގީ މިންގަނޑުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އެހެންކަމުން، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި، އެކަކު އަނެކަކަށް ކަމޭހިތުމާއި އަޅައިލުމުގެ ރީތި އާދަތައް އަލުން ދިރުވުމަށްޓަކައި ގައުމީ ފެންވަރުގެ ހާއްސަ މަޝްރޫއެއް ސަރުކާރުން މިހާރު ފަށައިގެން ކުރިއަށްގެންދާކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ސިޔާސީ ގޮތުން ކޮންމެ މީހަކު ކޮންމެ ފިކުރެއް ގެންގުޅުނު ކަމުގައިވިޔަސް، އަބަދުވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ގައުމުކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮންމެ ކަމެއްގައިވެސް ގައުމު އިސްކޮށް، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު