ސަރުކާރުގެ އަމާޒަކީ 2033 އަންނަ އިރު އަހަރަކު 5 މިލިއަން ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވޭނެ ގޮތް ހެދުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް މިހާރު ޓޫރިސްޓުން އަންނަ އެރައިވަލްގެ ނިސްބަތް، ކޮންމެ އަހަރަކު އިތުރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިޔާގައި އާންމުކޮށް ރާއްޖެއަށް އަހަރަކު ޓޫރިސްޓުން އަންނަވަށް ވުރެ ގިނައިން ޓޫރިސްޓުން ގެނައުމަކީ އަމާޒެއް ކަމަށެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ރިސޯޓުތައް ހުޅުވުމާއި، އެހެނިހެން ވަސީލަތްތައް ގާއިމުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަހަރަކު ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަންނަ ވަރަށް ޓޫރިޒަމްގެ ދާއިރާ އިރާދަކުރެއްވިއްޔާ 2033 ހަމައަށް ދާން ވާއިރަށް މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، މި ޕާޓީގެ ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަގީގަތަކަށް ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް