އިންޖިއަރުންގެ އެވޯޑު ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެވޯޑެއް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، މާދަމާ ރޭ ބާއްވާ އިންޖިނިއަރުންގެ އެވޯޑު ހަފުލާގައި މިނިސްޓަރު ލައްވައި ރައީސަށް އެވޯޑެއް އެރުވުމަށް ނިންމާފައިވާ ކަމަށްބުނެ އަދަދު ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އިންޖިންނިއަރިން އެވޯޑަކީ އުސޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލައި، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލައި އިންޓަވިއުކޮށް އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. އެއްވެސް ހަގީގަތެއް ނެތް މި ހަބަރު ލިޔެފައި މިވަނީ ރައީސް ޑރ. މުއިއްޒަކީ އިންޖިންނިއަރިން ދާއިރާއިން ގައުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށްވާތީ، އެވޯޑް ލިބުން ޙައްޤުކަމަށް އަދަދު ނޫހުން ގަބޫލުކުރާތީ ކަމަށް އަޅުގަނޑު ދެކެމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިންޖިނިއަރިން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އޯގަސްޓް 30 އަކީ އިންޖިއަރުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި ހާއްސަ ހަރަކާތްތަކެއް ވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި މާދަމާ ރޭ ބާއްވާ އިންޖިނިއާސް އެވޯޑު ހަފުލާއަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ މިދިޔަ މަހުގެ 30 ގައި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް