ވަން އޮންލައިން އިން 70 އިންޗީގެ ޓެކްޓިމޯ ބްރޭންޑުގެ ސްމާޓު ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ.
ވަން އޮންލައިންގެ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ވިދާޅުވީ، މި ގިވްއަވޭ ހަރަކާތަކީ ކުރިއަށް އޮތް މަސްތަކަށް ބެހިގެންދާނެ ގިވްއަވޭއެއް ކަމަށެވެ. އެގޮތުން އެކި މަސްމަހު ތަފާތު އަގު ހުރި އެކި ސާމާނު ލިބޭ ގިވްއަވޭތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެކި މަސްތަކުގައި، މި ހަރަކާތް ކުރިޔަށް ގެންދާނީ އެކި ޕާޓްނަރުންނާ ގުޅިގެން ކަމަށް ހަޝްމާ ވިދާޅުވިއެވެ.
"މި މަހު އަޅުގަނޑުމެންގެ ގިވްއަވޭ މި ކުރިއަށްގެންދަނީ ވީވޯ ހޯމްއާ ގުޅިގެން" ހަޝްމާ ވިދާޅުވިއެވެ.
މިއަދު ފެށި މި ގިވްއަވޭގެ ނަސީބުވެރިޔާ އިއުލާނުކުރުން އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތް
- ވަން އޮންލައިންގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓަށް ފޮލޯ ކުރުން
- ވަން އޮންލައިންގެ އިންސްޓްގްރާމް ޕޭޖުން ޕޯސްޓުކުރާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުން
- ވަން އޮންލައިންގެ ގިވްއަވޭ ޕޯސްޓު އެ މީހެއްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ސްޓޯރީގައި ޝެއާކުރުން
- ވަން އޮންލައިންގެ ގިވްއަވޭ ޕޯސްޓުގެ ކޮމެންޓު ބައިގައި 8 މީހުން ޓެގް ކުރުން
ޓެކްޓިމޯ ސްމާޓް ޓީވީއަކީ ޒަމާނީ ފެންވަރުގެ ފޮޓޯއާއި އަޑުގެ ކޮލިޓީ ދައްކުވައިދޭ، އެ ބަހައްޓާ މާހައުލަށް ބޭނުންވާ މުނިފޫހިފުވުމުގެ ވަސީލަތްތައް ފުރިހަމަކޮށްދޭ ޓީވީއެކެވެ. އެ ބްރޭންޑުގެ ޓީވީތަކަކީ ގޭގައި ތިބެގެން ސިނަމާ ފެންވަރުގެ މުނިފޫހިފިލުވުމުގެ ތަޖުރިބާއެއް ހޯދުމަށް ފަރުމާކޮށްފައިވާ ޒަމާނީ އުފެއްދުމެކެވެ. މި ޓީވީތަކުގައި ހިމެނޭ ވީޑިއޯ އަދި އޯޑިއޯ ޓެކްނޮލޮޖީގެ ސަބަބުން ބެލުންތެރިންނަށް ލިބިގެންދަނީ އާދަޔާހިލާފު ފުރިހަމަ ކޮލިޓީއެކެވެ.
މި ޓީވީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ހައި ޑެފިނިޝަންގެ ސާފުކަމާއެކު ފެންނަ 4ކޭ ޔޫއެޗްޑީ ޑިސްޕްލޭއެވެ. ގިނަ ސައިޒުތަކަކަށް ލިބެން ހުންނަ މި ޓީވީތަކުގައި ކިޔުއެލްއީޑީ ޕެނަލް ބޭނުންކޮށްފައިވުމުގެ ސަބަބުން ކުލަތައް ހަގީގަތާ އެއްގޮތަށް ދައްކުވައިދެއެވެ. މީގެ އިތުރުން އެންޑްރޮއިޑް ނިޒާމުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާތީ، ޔޫޓިއުބާއި ނެޓްފްލިކްސް ފަދަ މަޝްހޫރު އެޕްލިކޭޝަންތައް ފަސޭހަކަމާއެކު ބޭނުންކުރެވެއެވެ.
ޓެކްޓިމޯ ސްމާޓް ޓީވީގައި ވައިފައި އާއި ބްލޫޓޫތުގެ ހިދުމަތް ލިބެން ހުރުމުން އެހެނިހެން ޑިވައިސްތައް ގުޅައިލުމަށް ފަސޭހަވެއެވެ. އަދި ފްރޭމްލެސް ނުވަތަ ހިމުން ބޯޑަރެއް އެކުލެވޭ ޒަމާނީ ފަރުމާއަކަށް ވުމާއެކު ކޮޓަރީގެ ޒީނަތްތެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
އަލީ ޔާމިން
ވަން އޮންލައިން
ވަން އޮންލައިން
ވަން އޮންލައިން
ކޮމެންޓް