މާލޭގައި ހުންނަ ހަނި ގޯޅިތަކުގެ ތެރެއިން ހަލާކުވަމުންދާ ގޯޅިތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތުގެ މި ހަފުތާގެ އާދިއްތަ ދުވަހު މއ. ފުނަގޯޅި މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
އެ މަސައްކަތަކަކީ މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފެށި މަސައްކަތެއް ކަމަށެވެ.
"މާލޭގެ ބައެއް ގޯޅިތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައާއި އާންމު ދިރިއުޅުމުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވޭ. އެހެންކަމުން، މިފަދަ ގޯޅިތައް ތަރައްގީ ކުރުމަށް ކައުންސިލުން ހާއްސަ އިސްކަމެއް ދެމުން އަންނަނީ،" މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ އަމާޒަކީ އެފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް، ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުން ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭގެ އިތުރުން އެކަން ހާސިލުކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުނަގޯޅި މަރާމާތުކޮށް ނިމުމުން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ހައިކޯޓު
ބަންގްލަދޭޝް
މުނިފޫހިފިލުވުން
ކޮމެންޓް