ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފިއެވެ.
ޔާސިރު އައްޔަންކޮށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ، މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ޝިއުރީ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ކަށަވަރުވެފައެއް ނުވެއެވެ.
މި ބަދަލާ ގުޅިގެން އެ ކޯޕަރޭޝަނުން މިރޭ ބުނި ގޮތުގައި، ޔާސިރުގެ ލީޑާޝިޕްގެ ދަށުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އާ ހިޔާލުތަކެއް ލިބިގެންދާނެއެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އާ ސަފުހާއެއް ފެށުމަށް އުންމީދުކުރާ ކަމަށް ވެސް ވީއެމްސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާކުރުމަކީ ކޯޕަރޭޝަންގެ މައިގަނޑު އެއް އަމާޒެވެ. އެގޮތުން، ރާއްޖޭގެ މަގާމު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ. ޔާސިރު މަގާމާ ހަވާލުވުމާއެކު، މި މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޔާސިރަކީ އަންޓްރެޕްރިނާޝިޕް އެސޯސިއޭޝަންގެ ފައުންޑަރު އަދި ރައީސެވެ. އޭނާ ވަނީ ސިމްޑީ ގްރޫޕު ހިމެނޭހެން އެކި ވިޔަފާރި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވައިފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް