ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ޝިއުރީ މިއަދު އިސްތިއުފާދެއްވައިފިއެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް، ކުރީގެ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ޝިއުރީ އައްޔަންކުރީ 13 ޖޫން 2024 ގައެވެ.
މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް މަގާމުން އިސްތިއުފާދެއްވުމުގެ ކުރިން އޭނާ މިއަދު ވަނީ މުވައްޒަފުންނާވެސް ބައްދަލުކުރައްވައިފައެވެ
ކުރީގެ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށްވާ ޝިއުރީ އޭގެ ކުރިން ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ.
ޝިއުރީ ވަނީ ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދާ މީރީ ޕްރޮޖެކްޓުގައިވެސް މަސައްކަތްކޮށްފައެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މަސީގެ ބޯޑު މެމްބަރުކަންވެސް ޝިއުރީ އަދާކުރެއްވިއެވެ.
ޝިއުރީ ޑިގްރީ ހާސިލްކޮށްފައިވަނީ މާކެޓިންގެ ދާއިރާއިންނެވެ. އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ވަނީ މާސްޓާސް ޑިގްރީ ހާސިލުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިއުރީ އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި، ފާތިމަތު ތައުފީގު 2024 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެ މަގާމުން ވަކިކުރުމުންނެވެ.
އިބްރާހިމް ޒަކީ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް