ޅ. ހިންނަވަރުގެ އާބާދީ މަދުވާތީ، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000 ރުފިޔާގެ ފީއެއް ނަގާ ގޮތަށް ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް، އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި 2000 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުގެ އިއުލާނުގައި ބުނީ ފީއެއް ނަގަން ނިންމީ، ހިންނަވަރު ރަށްވެހިން އެ ރަށުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކަމަށް ފާހަގަ ކުރެވޭތީ އާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ މި ހަފުތާ ތެރޭ ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު ހުރިހާ ކައުންސިލް މެންބަރުން މަޝްވަރާގެ މަތިންނެވެ.
އެ ރަށުގައި މިހާރު ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އަދި މީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ޝަރުތު ހަމަވެ، އޭނާ ބަދަލުވާން އެދޭ ރަށަށް ރަޖިސްޓްރީކޮށްދިނުމާ އެކު އޭނާ ކުރިން ރަޖިސްޓްރީކޮށްފައި އޮތް ރަށުގެ ރަޖިސްޓްރީން އުނިކުރުމަކީ ގާނޫނީ ގޮތުން އެރަށަކުން ކުރަން ޖެހޭ ކަމެކެވެ.
ޅ. ހިންނަވަރު
ޅ. ހިންނަވަރު
ޅ. ހިންނަވަރު
ޅ. ހިންނަވަރު
ކޮމެންޓް