މެދުއިރުމަތީގައި ހަރަކާތްތެރިވުމަށް، ގިނަ ގައުމުތަކެއް ހިމެނޭ އެމެރިކާގެ ފުރަތަމަ އެޓޭކް ޑްރޯން ޓާސްކް ފޯސް އުފައްދަން ނިންމައިފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއްޔެ އިއުލާންކޮށްފިއެވެ.
"ޓާސްކް ފޯސް ފެލްކަން ސްޓްރައިކް" ގެ ނަން ދީފައިވާ މި ޓާސްކް ފޯހުގައި ވައިގެ ތެރޭގައާއި، ކަނޑުގެ މަތީގައާއި އަދި ކަނޑުގެ އަޑީގައި ހަރަކާތްތެރިވާ ވަން-ވޭ އެޓޭކް ޑްރޯންތައް ބޭނުންކުރާނެ ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ. މި ޑްރޯންތައް އޮޕަރޭޓު ކުރާނީ އެމެރިކާގެ އަސްކަރިއްޔާއާއި ސަރަހައްދީ ގައުމުތަކުގެ ސިފައިން ގުޅިގެންނެވެ.
ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވި ގޮތުގައި، އަލަށް އުފެއްދި މި ޓާސްކް ފޯހަކީ މީގެ ނުވަ މަސް ކުރިން އެމެރިކާއިން އުފެއްދި "ޓާސްކް ފޯސް ސްކޯޕިއަން ސްޓްރައިކް" އަށް ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް އުފެއްދި ފޯހެއް ކަމަށް ހަބަރުތައް ބުނެއެވެ. އަދި ސަރަހައްދީ ގައުމުތަކާ ގުޅިގެން މިފަދަ އާ ގާބިލު ކަންތައްތައް ބޭނުންކުރުމުން، މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޓާސްކް ފޯސް ލީޑުކުރާނީ ސްކޯޕިއަން ސްޓްރައިކް ވެސް އުފެއްދި އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓްރަލް (ސޮކްސެންޓް) ގެ އޮފިޝަލުން ކަމަށް ހަބަރުތައް ބުނެއެވެ. މި ޓާސްކް ފޯހުގައި ބައިވެރިވުމަށް ސަރަހައްދީ ގައުމުތަކަށް ރަސްމީކޮށް ދައުވަތު ދިނުމުގެ މަސައްކަތް އެމެރިކާއިން ފަށާފައިވީ ނަމަވެސް، މީގައި ބައިވެރިވާނެ ވަކި ގައުމުތަކެއްގެ ނަން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް