އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަކީ އުނދަގޫ އަދި ހަލަބޮލި މަޝްވަރާތަކަކަށް ވިޔަސް، އޭގެ ފައިދާ އެމެރިކާއަށް ކުރާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވެންސް ވަނީ އީރާނުގެ މައްސަލައިގައި އެމެރިކާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަފުސީލުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 79 ޑޮލަރުން ތިރިއަށް ދާން ފަށާފައިވާ ކަމަށެވެ. މިއީ އެމެރިކާގެ ރައްޔިތުންނަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އެންމެ ބޮޑު އެއް އަމާޒަކީ އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފެއްދުން ހުއްޓުވުން ކަމަށް ވެންސް ތަކުރާރުކުރެއްވިއެވެ. މި އަމާޒަށް ވާސިލުވުމަށާއި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމެރިކާއިން އަސްކަރީ، އިގުތިސާދީ އަދި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުން ނިއުކްލިއަ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށާއި، މަޝްވަރާތަކުގެ ތެރެއިން އެމެރިކާގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދެއްވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ވެންސް ވިދާޅުވި ގޮތުގައި، އީރާނާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ އެއްބަސްވުމެއް ވާނީ އެމެރިކާގެ ޝަރުތުތަކަށް ފެތޭ އެއްބަސްވުމަކަށެވެ.
އެމެރިކާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މައްސަލައިގައި އޮތީ ދެ މަގެއް ކަމަށް ވެންސް ފާހަގަކުރެއްވިއެވެ. އެއީ އީރާނަށް ނިއުކްލިއަ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރާ ދާއިމީ އެއްބަސްވުމަކަށް އައުން، ނުވަތަ އަލުން އަސްކަރީ ފިޔަވަޅުތަކަކާ ދިމާއަށް ދިއުމެވެ. ނަމަވެސް މިވަގުތު އިސްކަންދެނީ ޑިޕްލޮމެޓިކް ހައްލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް