އާއްމުކޮށް އިއުލާންކޮށް، އިންޓަވިއު ޕްރޮސެސް އަށްފަހު ނޫނީ ވަޒީފާ ނުދެވޭގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައެވެ.
އާއްމުކޮށް އިއުލާނު ނުކޮށް މުވައްޒަފުން ނެގޭނެގޮތަށް، ކުންފުންޏަށް މުވައްޒަފުން ހޯދުމުގެ ގަވާއިދުގައި، ކަނޑައަޅާފައި އޮތުމުން ކުންފުނީގެ މެނޭޖުމަންޓްގައި ތިބޭ ފަރާތްތަކުގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން ވަޒީފާތައް އެކި ފަރާތްތަަކަށް ދިނުމަށް މަގުފަހި ކޮށްދޭ ކަމަށް، އެ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ފަހު މާލިއްޔަރު ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން އާއްމުކޮށް އިއުލާން ނުކޮށް ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު ނުލިބޭގޮތަށް ގަވާއިދު އިސްލާހުކޮށް މަޖިލީހުން ކޮމިޓީ ރިޕޯޓް ފާސްކުރާތާ ތިން މަސް ދުވަސް ތެރޭގައި ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަަމަށް މަޖިލީހުން މިއަދު ފާސްކުރިއެވެ.
ވަޒީފާއަށް އެންމެ ގާބިލް ފަރާތް ކަނޑައެެޅުމަށްޓަކައި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސްކްރީން ކުރުމަށްފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ މީހުންގެ ތެރެއިން އެކަށީގެންވާ ހަމަތަކުގެ މަތިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ވަޒީފާގެ އިންޓަވިއު ޕްރޮސެސް ފުރިހަމަ ކުރުމަށްފަހު އިންޓަވިއުއަށް ރިއާޔަތް ކުރުމަށްފަހު ނޫނީ ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނުނެގުމަށް ފެނަކަ އަށް އަންގަންވެސް ފާސްކުރިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް