މ. ވެސްޓް ސައިޑް އަހްމަދު ސަރީރު އާއި ސ. ހުޅުދޫ ގޯރަންވިލާ ފާތިމަތު ދިޔާނާ ސައީރު ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުންދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދިޔާނާގެ ނަން ފޮނުއްވީ، ކިންޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ރުހުން ހޯދުމަށެވެ.

ސަރީރުގެ ނަން ފޮނުއްވީ، ކިންޑަމް އޮފް ބަހްރެއިނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހަމަޖެއްސުމަށެވެ.

ސަރީރުއަކީ މިހާރުވެސް އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.