ހުޅުމާލެ ފޭސް އެކެއްގައި ސަރުކާރުން ތަރައްގީ ކުރާ މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިހާރު ކުރިއަށްދަނީ އެތަނުގެ ފިނިޝިން މަސައްކަތް ކަމަށެވެ. އަދި އަމާޒަކީ މި މަހުގެ ނިޔަލަށް އެތަން ނިންމުން ކަމަށެވެ.
މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހެދި އިމާރާތުގައެވެ.
މީޑިއާ ވިލެޖުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އާއިޝަތު މާހާ
އިންޑިއާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހިމަބިހި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް