މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.
މީރާގެ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ވަނީ 21.2 މިލިޔަން ރުފިޔާ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅައި ބަލާއިރު، ދެ ގުނަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 79.6 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ވަނީ 61.5 މިލިއަން ރުފިޔާ ލިބިފައެވެ.
ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ޒަކާތު ހައުސްއިން ވަނީ ކަނޑައަޅައިފައެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުކޮށްފައެވެ.
އަލީ ޔާމިން
ޒަކާތް
ޒަކާތް
ޒަކާތް
ޒަކާތް
ކޮމެންޓް