ދިވެހި އުންމަތަށް ކުރިއެރުމާއި ހަމަޖެހުން ލިބުން އޮތީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ، ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަސްހާބުން މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ. އެގޮތުން، މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި އޯގާތެރިކަމާއި އެހީތެރިވުމުގެ މަތިވެރި ނަމޫނާ، މިއަދުގެ ދިވެހި މުޖުތަމައުގައި ދިރުވަން ޖެހިފައިވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ އަދި އިޖުތިމާއީ ބައިބައިވުންތައް އެއްކިބާކޮށް، ހުރިހާ ކަމަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރުމަކީ މިއަދު ހާސިލުކުރަންވީ އެންމެ މުހިންމު އަމާޒު ކަމަށެވެ. އަދި ގައުމެއް އާރާސްތުކުރެވޭނީ އެންމެންގެ ހިތްތައް ސާފުކޮށް، އެއް އަމާޒަކަށް އަތުގުޅާލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި އަދި ދިވެހިވަންތަ ރީތި އަހުލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން،" ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ ގައުމުގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ އުސޫލުތައް ހިމާޔަތްކުރުމާއި، ގައުމުގެ މިނިވަންކަން ނެގަހައްޓައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އާ އުސްމިންތަކަކަށް ގެންދިއުމަށް ހީވާގިކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީގައި އަނިޔާ ލިބެމުންދާ މުސްލިމް އަހުންނާއި އުހުތުންނަށް ހެޔޮދުއާ ކުރުމުގައި ދެމިތިބުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.