މުލީއާގޭގައި މަސައްކަތް ކުރައްވައި، ކުރީގެ ހަ ރައީސުންނަށް ހިދުމަތް ކުރެއްވި އިބްރާހިމް ހަލީމް (76އ) އަވަހާރަވެއްޖެއެވެ.
އިބްރާހިމް ހަލީމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިބްރާހިމް ހަލީމަކީ، ދައުލަތަށް ނުހަނު އިހުލާސްތެރިކަމާއެކު ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
އިބްރާހިމް ހަލީމުގެ ހިދުމަތުގެ ދިގު ތާރީހަށް ބަލާއިރު، އޭނާ ވަނީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. މީގެ ތެރެއިން ގިނަ ދުވަސްތަކެއް އޭނާ ހޭދަކުރެއްވީ މުލީއާގޭގެ މުވައްޒަފެއްގެ ގޮތުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިބްރާހިމް ހަލީމަކީ ކުރީގެ ހަ ރައީސުންގެ އަރިހުގައި ނުހަނު ފަރުވާތެރިކަމާއި، ކަމޭހިތުމާއެކު މަސައްކަތް ކުރެއްވި ނަމޫނާ މުވައްޒަފެކެވެ.
އިބްރާހިމް ހަލީމް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2021 ވަނަ އަހަރު ދައުލަތުން ވަނީ އޭނާއަށް "ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު" އަރުވާފައެވެ. އެ އިނާމު ލިބިވަޑައިގެންނެވި އިރުވެސް އޭނާ ހުންނެވީ މުލީއާގޭގެ ވަޒީފާގައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު