ރާއްޖޭގައި އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ނެތީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށެވެ.

"މިހާރު ރާއްޖޭގައި އޮތީ "ގޮސިޕް" ފަތުރާ އިދިކޮޅެއް. އޭގައިވެސް ދައްކަނީ އެއްވެސް ތާކުން ތާކުން ނުޖެހޭ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މަތީ މަގާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުން، އަދި އެ ބޭފުޅުންގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ރެޔާއި ދުވާލު ކުރައްވަނީ އެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން އޮތްގޮތާމެދު ވަރަށް ހަމްދަރުދީ ވެވަޑައިގަންނަވާކަމަށާއި ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ.

"ސަލާމަތުން ނެތް އެކަކުވެސް [އިދިކޮޅުގައި]. ތެދެއް ހަދަން ހިތަށްވެސް ނާރަނީ." ރައީސް ވިދާޅުވިއެވެ.