ކުޅިވަރު މަރުކަޒުތަކުގައި ނަމާދުކުރަން ހުސްވަގުތު ދޭގޮތަށް ބަދަލުކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި ސުވާލު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދެއްވުމުގެކުރިން، ސަރުކާރުން ކުރަމުން ގެންދާ މުހިއްމު ބައެއް ކަންކަމާބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް މިއަދު ވިދާޅުވީ، ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރެއް މެދުކަނޑާލަން ޖެހޭގޮތް ހައްދަވާނެ ކަމަށެވެ.
"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވާންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭގޮތަށް، ވިއްސަަަކަށް މިނިޓް ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަށް، މިފަދަ ކަންތައްތައް މިކުރަނީ އަޅުގަނޑުމެންގެ މުޖުތަައަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި އަޅުގަނޑުމެންގެ މުޖުތަމައުގައި އަމަލީގޮތުން ކަންކަން ތަންފީޒު ކުރެވިގެންދާން ޖެހޭނީ އަޅުގަނޑުމެންގެ މި ހަގީގަތުގެ މައްޗަށް ބިނާވެެގެންކަމަށް ގަބޫލުކުރެވޭތީ،"
ރައީސް ވިދާާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހަމަތަކުގެމަތީން ކަމަށެވެ.
ނަމަވެސް ކުޅިވަރު ކުޅޭ ވަގުތުތަކުގައި ނަމާދު ގަޑި ގޮސް ނިމޭއިރު ވެސް ކުޅިވަރު ކުޅެން ތިބުމަކީ ޒަމާނުއްސުރެ އޮތް އާދައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެގޮތަށް ނަމާދު ކަޑި ނިމިގެންދާއިރު ކުޅިވަރުގައި ތިބުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.
"އެއީ ގަސްތުގައި ކުރާކަމެއްވެސްނޫން، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދަ، އެހެންވީމަ ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން ގޮސް ވަކި ހިސާބަކަށް ތަންފީޒު ކުރުމާ ހަމައަށް ގެންދެވިފައިވަނީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު އެކުވެނި، ތަންތަނުގައި ވުލޫކުރާ ތަނާއެކު ނަމާދު ކުރެވޭނެ ޒަމާނީ ފެސިލީތަކެއް ގާއިމްކުރަން،"
ރައީސް ވިދާޅުވީ، ބައެއް ބާވަތްތަކުގެ ކުޅިވަރު އެކުވެނިތައް ގާއިމު ކުރަން ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އެތަންތަނުގައިވެސް އެ ނިޒާމުތައް ގާއިމު ކުރާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ހުރި ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމްގައި އެ ފެސިލިޓީތައް ގާއިމް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު